މާލޭގެ ކެފޭއެއްގައި މިއަދު ރޯވި އަލިފާންގަނޑު ގަޑިއެއްހާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އާއި ފުލުހުން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހ. ދޫހިމެރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މެންދުރު 14:40 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވެގެން އުޅެނީ ސޯސަން މަގު ކަންމަތީގައި ހުރި ކެފޭއެއްގައި ކަމަށެވެ. އެވަގުތު އެ ސަރަހައްދުގައި ހުރި "ހަތާވީސް"ގެ ނޫސްވެރިޔާ ބުނީ އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށާއި އެތާ ކައިރީގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ވެސް އަލިފާން ހިފާފައިވާ ކަމަށެވެ.
އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ އެމްއެންޑީއެފް އިން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު ގަޑިއެއްހާއިރު ވެއްޖެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށަ އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ނަމަވެސް މަގުމަތީގައި ތިބި ބިދޭސީ އަންހެނަކާއި ފިރިހެނަކަށް ދުމުގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން