ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި ކުރީގެ ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ކުރިމަތިލައްވަން ނިންމައިފި އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މި ހަފުތާގެ ބުދަ ދުވަހަށް ހަމަވާނެ އެވެ.
އެނގިފައިވާ ގޮތުަގައި ރައީސްގެ ލީގަލް ސެކެޓްރީ އައްބާސްގެ އިތުރުން ވަކީލް އާދަމް ޝަމީމް ވަނީ އެ މަގާމަށް ކުރިމަތިލާން ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅައިފަ އެވެ. އެ މަގާމަށް ދެން ކުރިމަތިލާ ބޭފުޅުންނަކީ ކޮބައިކަން އަދި ސާފެއް ނުވެ އެވެ.
ޕީޖީގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
ޕީޖީގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަސް ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަން ޖެހޭނެ އެވެ.
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި