ގައުމީ ދުވަހަށް އަލިވިލޭއިރު، ގައުމިއްޔަތާއި އަދި ގައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް މިވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި މިރޭ ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމަ މިނިވަންކަމާއެކު، ގައުމެއްގެ ސިފައިގައި ދިވެހިރާއްޖެ އޮތުމަށްޓަކައި ފަރުދީ، ދާހިލީ އަދި ހާރިޖީ މިނިވަންކަން އެކުއެކީ ދެމެހެއްޓުން މުހިންމު ކަމަށެވެ.
މި ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަމެއް މެދުވެރި ވެފައި ވަނީ، ދިވެހީންގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއަށް ޓަކައި ނުވަތަ ރައްޔިތުންނަށް މޮޅު ގޮތް ހޯދައި ދިނުމުގެ ނަމުގައި ހިންގި ފަރުވާކުޑަ އަދި ނޭއްގާނީ އަމަލުތަކެއްގެ ސަބަބުންކަން ތާރީހު ހެކިދޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"ގައުމީ ދުވަހަށް އަލިވިލޭއިރު، ގައުމިއްޔަތާއި އަދި ގައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް މިވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައެވެ" ފައްޔާޒުގެ ޕޯސްޓުގައިވެއެވެ.
އޭނާ ވިދާޅުވީ ގައުމީ ދުވަހަކީ އެ ކަންކަމުގެ މައްޗަށް ރައްޔިތުން ބަސްބުނެ، އަޑު އިއްވަން އެންމެ މުނާސަބު ދުވަސް ކަމަށެވެ.
ޑިމޮކްރަސީ އަގުހެޔޮކުރަން ކުރާ މަސައްކަތުން ހާލަތު ދާނީ ދަށަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު
ކުރިއެކޭ އެއްއަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ދޫކުރަނީ
ރެފަރެންޑަމްގައި ކުރާ ސުވާލު ސައްހައެއް ނޫން: ސުއޫދު
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ އަބްދުލްމުއިއްޒު ހަސަން ނިޔާވެއްޖެ
ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ގެއްލުންވާނެ