ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މެޓުން މިރޭ ބުނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަދި ށ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން މެޓުން ވަނީ ވައިޓު އެލާޓު ވެސް ނެރެފައެވެ.
އެލާޓު ނެރެފައި ވަނީ މިރޭގެ 20:30 އިން ފެށިގެން ދަންވަރު 1:30ގެ ނިޔަލަށެވެ. އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ދާދިފަހުން ވެސް މާލެ އަށް ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ގުގުރިއެވެ. އަދި މިދިޔަ މަހު މާލެ އަށް ކުރި ވިއްސާރާގައި ވަރަށް ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުންވިއެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް