ބޮޑެތި ވިޔަފާރިވެރިތަކަށް ޚާއްސަކޮށްގެން ބައެއް ބާވަތުގެ ރޯ މެޓީރިއަލްފަދަ ތަކެތި ވިއްކާ އިންޑިއާގެ މަޝްހޫރު ވިޔަފާރި ޕްލެޓްފޯމް އޮފްބިޒްނަސް އިން އިންޑިއާގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް ނިންމައިފިއެވެ.
ރޮއިޓަރސްއާ ވާހަކަދެއްކި އެ ކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވީ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހޯދުމަށް އެ ކުންފުނީގެ އަމާޒު ހިފާފައިވާ ކަމަށާއި، އުއްމީދަކީ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ހަ ބިލިއަން ޑޮލަރާއި ނުވަ ބިލިއަން ޑޮލަރާއި ދެމެދުގެ އަގަކަށް އެރުވުންކަމަށެވެ. ހިއްސާ ވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރާނީ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ދަރަނި އަދާކުރުމަށް ކަމަށް ވެސް އޮފްބިޒްނަސް އިން ބުނެއެވެ.
މިއަހަރުގެ ފަހުކޮޅު ހިއްސާގެ ބާޒާރުގައި އެކުންފުނި ލިސްޓްކުރާއިރު، ލިސްޓްކުރުމަށް އެހީވާނެ ބޭންކެއް ކަނޑައެޅުމަށް ބޭންކް އޮފް އެމެރިކާ، ސިޓީ ބޭންކް، ޖޭޕީ މޯގަން އަދި މޯގަން ސްޓޭންލީއާއެކު އޮފްބިޒްނަސްއިން މަޝްވަރާކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮފްބިޒްނަސް އަކީ ޖަޕާނުގެ ސޮފްޓްބޭންކް ގްރޫޕާއި އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި ޓައިގަރ ގްލޯބަލްއިން ގުޅިގެން 15 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. އަދި ބައިނަލްއަގްވާމީ އިންވެސްޓްމަންޓް ކުންފުނި އަލްފާ ވޭވް ގްލޯބަލްއިން އެކުންފުނީގެ 18 އިންސައްތަ ކޮންޓްރޯލްކުރެއެވެ.
ދެހާސްފަނަރަ ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ އިންވެސްޓަރުން އަތުން ފައިސާ ހޯދުމަށް ކުރި މަސައްކަތްތައް ވަރަށް ކާމިޔާބެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން ކުންފުނީގެ މާކެޓްކެޕް ވަނީ ފަސް ބިލިއަނަށް އަރާފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު