ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރުމުން، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޒަހަމްވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، 32، ދަންޖެހިފައި ހުއްޓާ ފެނުނީ ދުނީދޫ ޖަލު ގޮޅިތަކުގެ ކެމެރާތައް މޮނީޓާކުރަނިކޮށް ކަަމަށް ފުލުހުން ބުނެފިއެވެ.
ދޫނިދޫ ކުޑަ ގޮޅިއެއްގައި އަތުހަރު ދަންޖެހިފައި ހުއްޓާ ފެނިގެން، އަމަލު ކުރި ގޮތުގެ ޓައިމްލައިނެއް ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.
އެ ޓައިމްލައިންގައިވާ ގޮތުން، އަތުހަރު ދަންޖެހިފައި ހުއްޓާ ފުލުހުންނަށް ފެނުނީ ރޭ 7:02 އެހާކަންހާއިރުއެވެ. އަދި ހަމަ އެ ވަގުތު ޖަލު ގޮޅި ހުޅުވައި، އަތުހަރު ތިރީގައި ބޭއްވި ކަމަށާއި އޭނާ ސްޓްރެޗަރއަށް ލައިގެން ގޮޅިން ނެރުނީ ރޭ 7:05 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އެ ޓައިމްލައިންގައިވާ ގޮތުން ދޫނިދޫ ކްލިނިކަށް އޭނާ ގެންދެވުނީ ރޭ 7:06ގައި ކަމަށާއި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިއުމަށް ނެގީ 19 މިނެޓެވެ.
ފުލުހުންގެ ޓައިމްލައިންގައިވާ ގޮތުން، އޭނާ ދަންޖެހެން މަސައްކަތް ފެށި ވަގުތާއި ދަންޖެހުނު ވަގުތު އެނގޭކަށް ނެތެވެ.
އަތުހަރު މިހާރު އޮތީ އައިޖީއެމްއެޗް އައިސީޔޫގައެވެ. އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.
އަތުހަރުގެ އާއިލާއިން "ހަތާވީސް"އަށް ބުނީ އަތުހަރުގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށެވެ.
އަތުހަރާމެދު ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމުގައި އިހްމާލުވެފައިވާ ކަމަށާއި ފުލުހުން ބޭނުންވީ ވީހާ ވެސް އަވަހަކަށް އަތުހަތު ފަރުވާއިން ވީއްލައި، ޖަލު ގޮޅިއަށް ގެންދިއުމަށް ކަމަށް އާއިލާއިން ބުންޏެވެ.
އަތުހަރަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެވެ. އޭނާގެ ބަންދާމެދު ގޮތް ނިންމީ އޭނާ ކޯޓަށް ހާޒިރު ކުރުމެއް ނެތިއެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު
ސަލީމް، ބަޖެޓު ކޮމެޓީގެ މުގައްރިރު ކަމަށް
އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއްގައި ސޮއިކޮށްފި