ހުސްވެފައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އައު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ.
ސައީދު އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި މީގެކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވީ ރޭގެ ވަގުތެއްގައެވެ. ސައީދު އެ މަގާމަށް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ސައީދު 2019ވަނަ އަހަރާއި ހަމައަށް ހުންނެވިއެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވީ އެ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. އޭނާ އޭރު މަގާމުން ވަކި ކުރެއްވިއިރު ވެސް ހުންނެވީ ސަސްޕެންޝަނެއްގައެވެ.
ސައީދު ވަކި ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އޭރު ނިންމީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށް އެ ކޮމިޝަނުން އޭރު ބުނެފައިވެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ