ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނި ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަ ކުރުމަށާއި، ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އެ ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެކަމުގައި މާލެ ސިޓީ ކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެ ޗާޖިން ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، ވަރަށް އަވަސް މުސްތަގުބަލެއްގައި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް އެ ސްޓޭޝަން ހަދާ އެތަނުން ހިދުމަތް ދޭން ފަށާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ