ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެނެއް ނޫން ކަމަށާއި އެ ނިންމެވުމަކީ ސިޔާސީ ނިންމުމެއް ކަމަށް އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖަވާބުދާރީވެ ވަޑައިގެންނެވުމަށްފަހު، ޕީޖީ އޮފީހަށް އެނބުރި ވަޑައިގެން، އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރާތީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި އިތުބާރުގެ އެފަދަ މައްސަލަތައް ހިނގާ ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމާށެވެ.
"އަޅުގަނޑަށް އެނގޭ މިއީކީ އެހެން ހިނގާ ކަމެއް ނޫންކަން. މިއީ އިތުބާރު ނެތިގެން އުޅޭ ކަމެއް ނޫންކަން. އެހެން ގޮތަކަށް ހިނގާ ކަމެއްކަން. އަޅުގަނޑު ވެސް އެކަން ދަންނަން،" މީގެ ހަތަރު އަހަރު ކުރިން 2019 ވަނަ އަހަރު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ޝަމީމް ވިދާޅުވިއެވެ
ޝަމީމް ވިދާޅުވީ މަގާމުގެ ޒިންމާތައް އަދާކުރައްވާފައި ވާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމާށާއި ޕީޖީ އޮފީސް ހިންގާފައި ވާނީ ދުނިޔޭގެ ފެންވަރުގެ އިދާރާއެއް ގޮތަށް ކަމަށެވެ.
"އެއްކޮށް، އަޅުގަނޑުގެ ގާބިލުކަން ތަންދިން އެންމެ މަތީ ވަރަށް ރާއްޖޭގައި އާދަޔާ ހިލާފަށް ހާމަކަމާއެކު މަސައްކަތް ކުރާ ދުނިޔޭގެ ފެންވަރުގެ އިދާރާއެއް ދުނިޔޭގެ ފެންވަރުގެ މީހުން ބިނާ ކުރެވޭތޯ،" ޝަމީމް ވިދާޅުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި