ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، ތިން ގަޑިއިރުގެ މަސައްކަތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
އެތަނުގައި އަލިފާން ރޯވީ މިއަދު ހެނދުނު 8 ޖެހިފަހުންނެވެ. އެ ވޯކްޝޮޕުގައި ރޯވި އަލިފާން ޖެހިގެން ހުރި އެހެން ތަންތަނަށް ވެސް ފެތުރުނެވެ. އިތުރަށް ފެތުރިގެން ނުދާވަރަށް، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 10 ޖަހަން އުޅެނިކޮށެވެ. އަދި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ 11:04 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަމުގެ ރިޕޯޓް ވަނީ ލިބިފައިވޭ،" އެމްއެންޑީއެފުން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން