އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
ޑރ ޝަހީމް އެ މަޤާމަށް ޢައްޔަންކުރީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމެއްގައެވެ.
ޑރ ޝަހީމް ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމާއި އެ ޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ"ގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ.
އުމުރުން 47 އަހަރުގެ ޝަހީމް ވަނީ ދެ ފަހަރެއްގެމަތިން އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޝަހީމް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ