ޗައިނާގެ ކުށްކުރާ ގުރޫޕްތަކާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ފިލިޕީންސްގެ ބަމްބަންގެ ކުރީގެ މޭޔަރ އެލައިސް ގުއޯ ފިލައިގެން ގައުމުން ބޭރަށް ދިޔަ މައްސަލަ ބަލަން އެގައުމުގެ ރައީސް އަންގަވައިފިއެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވީ އެލައިސް ގައުމު ދޫކޮށް ދިޔުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ހާމަކޮށް، އެމީހުންނަށް ހައްގު އަދަބު ދެއްވާނެކަމަށެވެ. އަދި އެލައިސްގެ ޕާސްޕޯޓް ކެންސަލްކުރުމަށްވެސް ވަނީ އަންގަވާފައެވެ.
އެލައިސްގެއާއި ޗައިނާގެ ކުށްކުރާ ގުރޫޕްތަކާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފިލިޕީންސްގެ ސެނެޓަށް ޖަވާބުދާރީވުމަށް އެންގުމުން އެލައިސް ވަނީ ފިލާފައެވެ.
ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތަކުން ބަމްބަން ސިޓީގައި ހުންނަ ސްކޭމްތައް ހިންގާކަމަށް ތުހުމަތުކުރެވޭ އިމާރާތެއް ރެއިޑްކުރިއިރު، އެތަނަކީ އެލައިސްއާ ގުޅުން ހުރި ތަނެއްކަމަށް މައުލޫމާތު ލިބުނުކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ބަލަމުންދާ މައްސަލަތަކާ ގުޅިގެން އެލައިސް ހުރީ މަގާމުން ސަސްޕެންޑްކުރެވިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު