މުޅި ރާއްޖެ އަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ވަނީ މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އެލާޓު ނެރެފައެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މިދިޔަ ހަފްތާ އަކީ ވެސް ރާއްޖެ އަށް މޫސުން ގޯސް ހަފްތާއެކެވެ. މެޓުން އޭރު ބުނީ އެއީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރި ވިއްސާރައެއް ކަމަށެވެ. މިދިޔަ ހަފްތާގައި ކުރި ވިއްސާރާގައި މާލޭގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ލިބުނެވެ.
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް