ހުޅުމާލެއިން ތިން މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު ފްލެޓެއް ބައްލަވައިގަނެފައި ވަނީ މީގެ ފަސް އަހަރު ކުރިން ކަމަށް ހެލްތު މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. އެއީ 1,235 އަކަފޫޓްގެ ފްލެޓެކެވެ. ސިވިލް ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ ހަލީލް އެއްކޮށް ދައްކަވާފައިވާތީ އެ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށެވެ.
ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2018ވަނަ އަހަރުގެ އޮގަސްޓް، މަހުގައި ކަމަށެވެ. އަދި ވިދާޅުވީ ފްލެޓު ގަންނަން ބޭނުންވާ އިތުރު ފައިނޭންސް ހޯދީ ބީއެމްއެލް އިސްލާމިކް ފެސިލިޓީއަކުން ކަމަށެވެ.
އެ ފްލެޓަށް ފައިސާ ދެއްކުމަށް ނެގި ލޯނުގެ ތެރެއިން މިހާތަނަށް 1.4 މިލިއަން ރުފިޔާ ނުދެއްކިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޒިފްލީނާ ވެސް ދާދިފަހުން ވަނީ ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފަ އެވެ. އޭނާ ވެސް ބައްލަވައިގަތީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި