ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ނިންމާ، އެކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ލަފާ އަރުވަން ފާސް ކުރަން ފެންނަ ކަމަށް 63 މެންބަރަކު ވޯޓު ދެއްވެވިއެވެ. 10 މެންބަރަކު ވޯޓު ދެއްވީ އެކަން އެގޮތަށް ކުރުމަށް، ރައީސަށް ލަފާ އެރުވުމާއި ދެކޮޅަށެވެ.
ވަކި ކުރަން ލަފާ ދެއްވި ހަތަރު މެންބަރުން:
- ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު
- ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު
- ޓްރިބިއުނަލްގެ މެންބަރު އަހްމަދު އަޝްރަފް
- ޓްރިބިއުނަލްގެ މެންބަރު ހަދީޖާ ނައީމް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކި ކުރަން މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފައި ވަނީ ޖުޑީޝަރީ ކޮމެޓީން ދިރާސާކުރި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންތަކެއްގެ މައްސަލަ ބެލުމަށް އޭސީސީން ތަހުގީގު ކުރަން އެދިފައިވެއެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި