ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100،000 އަށް ވުރެ އިތުރުވާ ފަރާތްތައް މި މަހުގެ ނިޔަލަށް ފައިސާ ނުދައްކައިފިނަމަ، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދީފިއެވެ.
އެ އިންޒާރު ދީފައި ވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ބިދޭސީންނާ ގުޅޭ ޖުރީމަނާތައް އެއް ލައްކައަށް ވުރެ އިތުރުވާ ފަރާތްތައް މިދިޔަ ހޯމަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.
މި މަހުގެ ނިޔަލަށް ދީފައިވާ ދެ ވަަނަ ފުރުސަތުގައި ފައިސާ ނުދައްކައިފިނަމަ، ސަސްޕެންޑް ކުރާ ކުންފުނިތަކުން، އެކްސްޕެޓް ސިސްޓަމުން އެކި ހުއްދަ ހޯދުމާއި ހިދުމަތައް ދެން ނުލިބޭނެއެވެ.
މިނިސްޓްރީން އެގޮތަށް ނިންމީ ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
ހޯމްލޭންޑް މިނިސްޓްރީން މިރޭ ކުރި އިތުރު އިއުލާނެއްގައި ބުނެފައި ވަނީ އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާ މިނިސްޓަރު އަލީ އިހްސާން އަންނަ އަންގާރަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޯމަ ދުވަހުގެ ކުރިން "މި ލިންކު" މެދުވެރިކޮށް ނަން ނޯޓުކުރުމަށް މިިނިސްޓްރީން ވަނީ އަންގާފައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި