ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިއަދުވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވަނީ 15 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެއީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެލާޓު ނެރެފައި ވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 19:00އާ ހަމައަށް އެލާޓު ނެރެފައެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ބުންޏެވެ.
ކުރިޔަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި