ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ޒަމާނުންސުރެ މިއޮތް ބަދަހި ގުޅުންތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ބަދަހި ވެގެންދާނެ ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ޕާކިސްތާނު އެމްބަސީގައި ކުރިއަށްދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ހެޔޮ އެދުންތައް އަބަދުވެސް އޮންނާނެ ކަމަށާއި ދިވެހިރާއްޖެއާ ޕާކިސްތާނާއިމެދު މިއޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން އަރުވާނެކަމަށެވެ.
އަދި މީގެ އިތުރުން ސަފީރު ވަނީ ވާރޭވެހި މާލެ އާއި އެހެނިހެން ރަށްތަކުގައި ފެންބޮޑުވެ، މުދަލަށް ގެއްލުން ލިބުމާ ގުޅިގެން ރައްޔިތުންނަށް ހެޔޮ ދުޢާކުރައްވާފައެވެ.
އިތުރަށް ސަފީރު ވަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ، ކަޝްމީރު އަދި ފަލަސްޠީނުގެ ހިތްވަރުގަދަ ރައްޔިތުން ހަނދާންކުރައްވާފައެވެ.
ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.
އުތުރު ބަދަލުކޮށްލާ، ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
ވެރިކަމާއި ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓުގެ ނިމިފައި ވަނީ 30 ޕަސެންޓު
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު