ދެކުނު ޗައިނާ ކަނޑުގެ މަތިން ވައިގެ ސަރަހައްދުތެރޭގައި ފިލިޕީންސްގެ އަސްކަރީ ވައިގެ އުޅަނދުތަކަށް ޗައިނާގެ ޖެޓްތަކުން ހުރަސްއެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި ހިނގި މިޙާދިސާ ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ސިފަކުރެއްވީ ބޭކާރު، ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ.
ފިލިޕީންސްއިން ތުހުމަތުކުރާ ގޮތުގައި މިލްކުވެރިކަމާމެދު ދެބަސްވުން އުފެދިފައިވާ ސްކާބޮރޯ ފަޅުގެ ސަރަހައްދުގެ މަތިން ފިލިޕީންސްއިން ޕެޓްރޯލްކުރަމުން ދަނިކޮށް، ޗައިނާގެ ވައިގެ ސިފައިންގެ ދެ ޖެޓަކުން ވަނީ އަލިފާން ބޯޅަތައް ވައިގެ ތެރެއަށް ދޫކޮށްފައެވެ. ނަމަވެސް ރައްދުގައި ޗައިނާގެ އަސްކަރިއްޔާގެ ސަދަން ތިއޭޓަރ ކޮމާންޑުން ބުނީ ފިލިޕީންސްގެ ޖެޓްތަކުން ޗައިނާގެ ވައިގެ ސަރަހައްދަށް ވަދެ، އެގައުމުގެ ވައިގެ ސިފައިންގެ ތަމްރީނުތަކަށް ހުރަސް އަޅަން އުޅުނު ކަމަށެވެ.
މިފަހަކަށް އައިސް ޗައިނާ އާއި ފިލިޕީންސްގެ ކުރިމަތިލުންތައް މައިގަނޑުގޮތެއްގައި ހިނގަމުން އައީ މިލްކުވެރިކަމާމެދު ދެބަސްވުން އުފެދިފައިވާ ކަނޑުގެ ސަރަހައްދުގައެވެ. ނަމަވެސް ވައިގެ ސަރަހައްދުގައި ވެސް ޗައިނާއިން ބާރު ދައްކަން ފެށީ، އެ ސަރަހައްދުގައި މިނިވަންކަމާ އެކު ދަތުރުކުރެވޭކަން ކަށަވަރުކުރުމަށް އެކި ގައުމުތައް ގުޅިގެން ހިންގާ އަސްކަރީ ތަމްރީންތަކުގައި ފިލިޕީންސްއިން ބައިވެރިވަމުންދާތީ، ބިރު ދެއްކުމުގެ ގޮތުން މުހައްލިލުން ދެކެއެވެ.
މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއިން ދައުވާކުރާއިރު، އެކަނޑުގެ އެކި ސަރަހައްދުތަކަށް އިރުމަތީ އޭޝިއާގެ އެކި ޤައުމުތަކުން ދައުވާކުރެއެވެ. އަދި ޗައިނާގެ މިދައުވާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި އެއްވެސް އަސާސެއް ނެތް ދައުވާއެއްކަމަށް 2016 ވަނަ އަހަރު، ދަހޭގްގައި ހުންނަ އދގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ