ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފެނަކަ އަކީ އެފަދަ ޕްރޮޖެކްޓުތައް ހިންގާ ކޮންޓްރެކްޓަރެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަކީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.
އެހެންކަމުން ފެނަކައާ މީގެކުރިން ހަވާލު ކޮށްފައިވާ އެފަދަ ހުރިހާ މަޝްރޫއުތަކެއްގެ ކޮންޓްރެކްޓު ބާތިލް ކުރުމަށްފަހު އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އެކުންފުންޏާ އެ މަސައްކަތްތައް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަސް ތެރޭގައި އެފަދަ ހުރިހާ މަޝްރޫއުތަކެއް ވެސް އެކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފެނަކައަކީ މިކަހަލަ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ އާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓު މަސައްކަތް، އެގޮތަށް ހަވާލުކޮށްފައި، ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ކޮންޓްރެކްޓު ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން،" މިނިސްޓަރު ވިދާޅުވިއެވެ.
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން ފެނާ ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ހުއްޓާލައިގެން ނުވަތަ މަޑުޖައްސާލައިގެން ނުތިބޭނަން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ