ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އިސްމާއީލް ހަބީބު އައްޔަން ކުރުމަށް ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފިއެވެ.
ހަބީބު އެ މަގާމަށް އައްޔަން ކުރުމަށް ފާސްކުރީ އޭނާ އަށް އިއްޔެ ކޮމެޓީން އިންޓަވިއު ކުރައްވާ، އިންޓަވިއު އިން 75 ޕަސެންޓަށްވުރެ މަތީން މާކުސް ލިބިވަޑައިގަތުމާއި ގުޅިގެންނެވެ. ހަބީބު އެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސް ކުރެއްވީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމް އަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ފޮނުއްވީ ހަމައެކަނި ހަބީބުގެ ނަންފުޅު އެކަންޏެވެ. ހަބީބު އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ.
އެކާވީސް އަހަރު ދުވަހު އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން