ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ނުވަތަ ރާއްޖެ އަށް ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް ހިއްސާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ހާއްސަ ޕްލެޓްފޯމެއް ގާއިމް ކޮށްފިއެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި މިއަދު ތައާރަފުކުރި އެ ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަހީދެވެ. އެ ރަސްމިއްޔާތުގައި ޝައްމާން ވަނީ އެ ޕްލެޓުފޯމު މެދުވެރިކޮށް އާއްމުންނަށް އިމިގްރޭޝަނަށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޝައްމާން ވިދާޅުވީ އެ ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރާ ފަރާތުގެ މައުލޫމާތުތައް ހާމަ ކުރަން މަޖުބޫރު ނުވާނެ ކަމަށެވެ. ކާކުކަން ނޭނގޭ ގޮތަށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށާއި އެ ޕްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އިމިގްރޭޝަން އަށް މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރިއިރު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ އޮޕަރޭޝަނެއް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު