ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބިލް ބޮޑުވެފައި ވާތީ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. ކުޑޫ ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން ކަރަންޓު ފޯރުކޮށްދެއްވަމުން ގެންދަވާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަ އާއި ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަރަންޓަށް ކުރަމުންގެންދާ ބިލްތައް ފާއިތުވީ މަސްތަކުގައާ އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ބަލައި ތަހުގީގު ކުރުމަށް ކުޑޫ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
އޭޕްރިލް މަހުގެ ކަރަންޓު ބިލު ލިބުމުން އެ ބިލު ބޮޑުވެ ރައްޔިތުން އެތައް ޝަކުވާއެއް ކުރުމުން ސްޓެލްކޯ އިން ކޮންމެވެސް ވަރެއްގެ ލުޔެއް ދިން ކަމަށާއި ނަމަވެސް އޭގެ ފަހުން ދެން އައި ބިލުތައް އޭގެ ކުރީގެ މަސްތަކަށް ވުރެ ވެސް ބޮޑުވެފައިވާ ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.
"ނަމަވެސް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލްތައް އަދި ކުރިޔަށްވުރެ ބޮޑުކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން،" އޭނާ ވިދާޅުވިއެވެ.
ކުޑޫ ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 61 މެންބަރުންގެ އިއްތިފާގުންނެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި