ރާއްޖެ އަށް ވަގަށް ސިނގަރޭޓު އެތެރެކުރި މައްސަލައެއްގައި މޯލްޑިވްސް ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، ދާދި ފަހަކުން ރާއްޖެ އަށް ވަގަށް ސިނގަރޭޓު ކޮންޓެއިނަރެއް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެއާ ކާގޯ މެދުވެރިކޮށް ވެސް ވަގަށް ސިނގަރޭޓުތަކެއް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މާނިއު ވިދާޅުވީ އެތެރެކުރި ބައެއް ސިނގަރޭޓުތަކުގެ ތެރެއިން ބައެއް ތަކެތި މާލެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރި ސަބަބެއް ކަމަށް މާނިއު ވަނީ އެކަމުގެ އަޑީގައި އަސްލު ތިބި މީހުން ހޯދުމަށް ކަމަށް ވިދާޅުވެފައެވެ.
"އެ ހިސާބުން އެކަންތަކުގައި ވަގުތު އެ ތަނުގައި އުޅޭ މީހުން އެކަނި އެނގޭނީ. އެހެންވެ، އަޅުގަނޑުމެން އެއްބައި އެއްޗެހި މާލެތެރެއަށް ދޫކޮށްލައިގެން ފޮލޯ ކުރީ،" މާނިއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެ ތެރެއަށް އޭގެތެރެއިން އެއްބައި ދޫކޮށްލައިގެން އިންޓަލިޖެންސާއެކު މަސައްކަތް ކޮށްގެން އެކަމުގެ އަޑީގައި ތިބި މީހުން ދެނެގަނެވުނު ކަމަށެވެ. އަދި އެ މައްސަލާގައި ކަސްޓަމްސްގެ ސްކޭން ކުރަން ހުރި މުވައްޒަފު ސަސްޕެންޑު ކޮށްފައި ވާނެ ކަމަށް މާނިއު ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ