ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސް ޕާސަން މަގާމުގައި ހުންނަ ބޭފުޅާގެ މުސާރަ އެހެން މިނިވަން މުއައްސަސާތަކަށް ވުރެ ކުޑަވުމުން، މުސާރަ ބޮޑުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ސިޓީއެއް ފޮނުވައިފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ މުސާރައެއްގެ ގޮތުގައި އެންމެ ފުރަތަމަ މުސާރައަކަށް ކަނޑައެޅީ 35،000 ރުފިޔާއެވެ. އެއީ 2020ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ ސެކްރެޓޭރިއަޓުން ވަނީ ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އޮފީހުން ހުށަހަޅާފައިވާ އެ ސިޓީ ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވައިފައެވެ. މަޖިލިސް ސެކްރެޓޭރިއަޓުން ބުނީ މިދިޔަ ޑިސެމްބަރު މަހު މުސާރަތައް ބޮޑުކުރިއިރު ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ މުސާރަ ވެސް ބޮޑު ކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު 41،000 ރުފިޔާ އަށް މުސާރަ ބޮޑު ކޮށްފައިވާ ކަމަށް ކޮމެޓީގެ ސެކްރެޓޭރިއަޓުން ފާހަގަކުރެއްވިއެވެ. ކޮމެޓީގެ ސެކްރެޓޭރިއަޓުން ވަނީ ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އަށް ލިބޭ މުސާރަ އަކީ އެހެން މިނިވަން މުއައްސަސާތަކަށްވުރެ ކުޑަ މުސާރައެއްކަން އެ އޮފީހުން ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ކަމަށް ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ އަށް ގޮތެއް ނިންމަން ކޮމެޓީން ނިންމީ ޕޭ ކޮމިޝަނާ ބައްދަލު ކުރުމަށްފަހުއެވެ. އެގޮތަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
ގައުމުގެ ހާލަތައްބެލުމައްފަހު މިވަގުތައް އުވާލައްވާ
އަދުރޭ