ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން މިހާތަނަށް ބެލި ބެލުމުން އެ އަޑަކީ ހައިޑްރޯލިކް ޖެކަށް ދިމާވި މައްސަލައަކުން އުފެދުނު ޕްރެޝަރު ބްލާސްޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު 12:55 ހާއިރު ގަލޮޅު ރެހެންދި ހިނގުމުގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓެއް ލިބުމާއެކު އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާއި އެއްގޮތަށް ބެލި ބެލުންތަކުން އެއީ ގޮވާ ޒާތުގެ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
"އަދި ސިފައިންނާއި ދިވެހި ފުލުހުންގެ ޓެކްނިކަލް ޓީމަކުން ބެލި ބެލުމުން ވެހިކަލް ކައިރިން އިވުނު ބާރު އަޑަކީ ވެހިކަލްގެ ހައިޑްރޯލިކް ޖެކަށް ދިމާވި މައްސަލައަކުން އުފެދުނު ޕްރެޝަރ ބްލާސްޓެއްކަން ވަނީ ޔަގީންކުރެވިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ވެސް ބުންޏެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި