ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން މިހާތަނަށް ބެލި ބެލުމުން، އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ގޮވާ އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވޭ ކަމަށެވެ.
އެހެންކަމުން އެމްއެންޑީއެފް އިން ވަނީ މިހާރު އެ ސަރަހައްދު ދޫކޮށް، ފުލުހުންނަށް އެ ސަރަހައްދު ހަވާލު ކޮށްފައެވެ.
"މިއީ އެކްސްޕްލޯސިވް އެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފައި. އަދި މިކަން ހިނގާފައި ވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަންކަން ދަނީ ފުލުހުން ބަލަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ވެސް ބުންޏެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ