އެމްޑީޕީ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ރައީސް ހިސާން ހުސައިން އައްޔަން ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން، ޕާޓީގެ ނައިބު ރައީސް އައްޔަން ކުރާނީ ޕާޓީގެ ރައީސްއެވެ.
އެމްޑީޕީގެ ރައީސް ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙިސާން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް ދެކޭ ކަމަށެވެ.
"އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވަމުންގެންދަވާ، ޕާރޓީގެ ލީގަލް ޑިރެކްޓަރު އަލްއުސްތާޒާ ހިސާން އައްޔަން ކުރުމަށް ގަސްތުކޮށް، އެކަމަނާ އެ މާގާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން މިއަދު އަޅުގަނޑު ހުށަހަޅައިފީމެވެ،" ޝާހިދު ކުރެއްވި ޓްވީޓެއްގައިވެއެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާ އެކު އެ ނިންމުމުގައި އެކަމަށްވެސް ވިސްނުންބަހައްޓާފައިވާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް