އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމެނިކޮށް މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑު ކުރީ ހިސާބު ހެދުމަށްފަހު، އެކަން ކުރާނެ ގޮތް އެނގިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު (މާއްޓެ) ވިދާޅުވެއްޖެއެވެ.
ދުވަސްތަކަކަށް ފަހު އެމްޑީޕީން މިރޭ ދަނޑިކޮށި ޖަގަހާގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކިތަންމެ ރަށެއްގައި މަސް ފެކްޓަރީތައް އަޅަމުން ދިޔަ ކަމަށެވެ. އަދި މަސް ސްޓޯރޭޖު ކުރާނެ ތަންތަން ވެސް އެމްޑީޕީގެ ސަރުކާރުގައި ގާއިމް ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު މަސް ކިލޯއެއް 25 ރުފިޔާ އަށް ހަދާފައިވާނެ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިއަދު ސަރުކާރު ހިންގާ ފަރާތްތަކުން އެކަމަށް ރައްދުދީ އެއީ އެމްޑީޕީން ދިން "ލަނޑެއް"ގެ ގޮތުގައި ސިފަ ކުރަމުން އަންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"ވެރިކަން އަޅުގަނޑުމެންނަށް ދިން ނަމަ ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ދިން ނަމަ [ވެރިކަން] މިއަދުވެސް މަސް ކިލޯއެއް ހުންނާނީ 25 ރުފިޔާގައި. އަޅުގަނޑުމެންނަށް 25 ރުފިޔާ އަށް މަސް ކިލޯއެއް ގަނެވޭނެތީވެ 25 ރުފިޔާގައި އަގު ހެދީ. ހިސާބު ހަދާފައި ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން މިބުނަނީ އެއީ އެމްޑީޕީން ކުރި ގޯސް ކަމެކޭ. ނުވާނެ ކަމެކޭ އެއީ ވަރަށް ބޮޑު ގެއްލުމެކޭ... އެހެނެއް ނޫން އަޅުގަނޑުމެން އަތުގައި އޭރު ހިސާބު ޖެހިފައި މިކަން ވާނެ ގޮތުގެ މުޅި ޕްލޭން އޮތް،" މައުރޫފް ވިދާޅުވިއެވެ.
މި ސަރުކާރުން މަހުގެ އަގު ކުޑަ ކުރުމުން މިއަދު މަސްވެރިން ތިބީ "ރޯން" ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވަނީ ޖަމިއްޔާތައް ހަދައިގެން ހުރިހާ މަސްވެރިން ނިކުތުމަށް ގޮވާލައިފައެވެ. އަދި މުޅި މަސްވެރިކަމުގެ ސިނާއަތު މަސްވެރިންގެ އަތް ދަށަށް ނެގުމަށް ގޮވާލެއްވިއެވެ.
މަހުގެ އަގު އަލުން 25 ރުފިޔާ ހެދުމަށް މަސްވެރިން މަސައްކަތް ކުރުމަށް ގޮވާލަމުން މައުރޫފް ވިދާޅުވީ އެމްޑީޕީން އޮންނާނީ މަސްވެރިންނާއެކު ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މަސްކިލޯއެއް 25 ރުފިޔާއަށް ހަދާފައި ފައިސާ ނުދީ ދައުލަތް ދަރުވާލާފައި ބޭއްވުމަށް ހިސާބު ހަދާފައި އޮތީ، އެންމެ ފައިސާ ފޮއްޗެއްވެސް މަސްވެރިންނަށް އޮތީ ނުދީއެވެ. 50 ރުފިޔާއަށްވެސް މަސްކިލޯއެއް މިގޮތަށް ބާއްވަން ހެދިދާނެ! އަނގައެއް އޮތިއްޔާ ކާޅެއް ނުކާނޭ ބުނެއެވެ. އެމްޑީޕީއަކީ އަނގަފިނދުންގެ ޕާޓީއެކެވެ.
އަލިފު ޙާ!