ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމް އިން ކުރިޔަށް ގެންދާ 'ފަލަސްތީނާއެކު ދިވެހިން' ޓެލެތޯނުން ލިބުނު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރާ ހަވާލުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ޕީއެސްއެމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޕީއެސްއެމް އިން ހަވާލުކުރި ރަމްޒީ ޗެކު ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ހަވާލުކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން އެ ޗެކު ހަވާލު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.
ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރާއި 86 ސެންޓު ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމް ނިއުސްގައިވާ ގޮތުގައި ޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބިފައިވެއެވެ.
މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.
ކޯރަމް ހަމަނުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
މިދިޔަ މަހުވެސް ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
މާލޭގެ ގެއަކުން 127 އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް
ބަންގާޅުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް ހުޅުވާލައިފި
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހްކޮށްފި