އެމްޑީޕީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ 30 ދާއިރާއެއްގެ ގޮނޑިތަކަށް ވާދަކުރަން އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންސް ބާއްވަނީ އިދާރީ ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލާ ގުޅިގެން، އަލަށް އުފެދިފައިވާ ހަ ދާއިރާ އާއި އެމްޑީޕީ ދޫކޮށް، ޑިމޮކްރެޓްސްއާ ގުޅުނު ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ހުސްވެފައިވާތީއެވެ.
އެމްޑީޕީ ގައުމީ މަޖިލީހަށް އަލަށް އިންތިހާބު ކުރާ ދާއިރާތައް:
- ހއ. އިހަވަންދޫ ދާއިރާގެ ރައީސް
- ހއ. ދިއްދޫ ދާއިރާގެ ރައީސް
- ހއ. ކެލާ ދާއިރާގެ ރައީސް
- ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ރައީސް
- ހދ. މަކުނުދޫ ދާއިރާގެ ރައީސް
- ރ. އުނގޫފާރު ދާއިރާގެ ރައީސް
- ރ. އިނގުރައިދޫ ދާއިރާގެ ރައީސް
- ބ. ތުޅާދޫ ދާއިރާގެ ރައީސް
- ބ. ހިތާދޫ ދާއިރާގެ ރައީސް
- ޅ. ކުރެންދޫ ދާއިރާގެ ރައީސް
- ކ. މާފުށި ދާއިރާގެ ރައީސް
- ކ. ހުރާ ދާއިރާގެ ރައީސް
- އދ. މާމިގިލި ދާއިރާގެ ރައީސް
- އދ. ދަނގެތި ދާއިރާގެ ރައީސް
- ގއ. ދާންދޫ ދާއިރާގެ ރައީސް
- ގއ. ކޮލަމާފުށި ދާއިރާގެ ރައީސް
- ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް
- ފޭދޫ ދެކުނު ދާއިރާގެ ރައީސް
- ފޭދޫ އުތުރު ދާއިރާގެ ރައީސް
- މެދު ހެންވޭރު ދާއިރާގެ ރައީސް
- ހެންވޭރު އުތުރު ދާއިރާގެ ރައީސް
- ގަލޮޅު އުތުރު ދާއިރާގެ ރައީސް
- މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް
- މާފަންނު އުތުރު ދާއިރާގެ ރައީސް
- ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް
- ހުޅުމާލެ މެދު ދާއިރާގެ ރައީސް
- ހުޅުމާލެ އުތުރު ދާއިރާގެ ރައީސް
- ކުޅުދުއްފުށީ ސިޓީގެ ރައީސް
- ތިނަދޫ ސިޓީގެ ރައީސް
- މާލެ ސިޓީގެ ރައީސް
އެމްޑީޕީން ބުނީ އެ މަޤާމުތަކަށް ކުރިމަތި ލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އަންނަ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށައެޅުއްވުން އެދެމެވެ.
ފޯމް ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ.
ކުރިމަތިލުމުގެ ޝަރުތުތައް:
• މިއަދާ ހަމައަށް އެމްޑީޕީ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވުން
• ވޭތުވެދިޔަ 5 އަހަރު ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފުވެފައި ނުވުން
އެމްޑީޕީ ގައުމީ މަޖިލީހަކީ އެ ޕާޓީގައި ދެ ވަނައަށް އެންމެ ބާރުގަދަ ގުނަވަނެއެވެ. އެމްޑީޕީގައި އެންމެ ބާރުގަދަ ގުނަވަނަކީ އެމްޑީޕީ ކޮންގްރެސްއެވެ.
ގައުމީ މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ކޮންގްރެސްގެ ބާރުތަކަށް ފުށުނާރާ ގޮތުން، ޕާޓީގެ މަސްލަހަތު ތަކަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއްކުރުމާއި ޕާޓީގެ ޗެއަރޕާރސަން ނުވަތަ ޗެއާޕާސަންގެ ނައިބަކާ މެދު ޕާޓީގެ މެމްބަރުން ހިތްހަމަ ނުޖެހިގެން މައްސަލައެއް ހުށަހަޅައިފިނަމަ އެކަމާމެދު ބަހުސް ކޮށް ޕާޓީގެ ލީޑަރޝިޕާމެދު އިތުބާރުއޮތްތޯ ބެލުމާއި ޕާޓީގެ ޗެއަރޕާރސަން ނުވަތަ ޗެއާޕާސަންގެ ނައިބަކާ މެދު އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ، އެމްޑީޕީ އަސާސީގަވާއިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިޚާބު ބާއްވައި އެމަޤާމަކަށް މީހަކު ހޮވުން ހިމެނެއެވެ.
އެމްޑީޕީ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް:
- ޤައުމީ ޗެއަރޕަރސަން
- ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން
- ދާއިރާތަކުގެ ރައީސުން
- ޗެއާޕާސަންގެ ނައިބު
- ޗެއާޕާސަންގެ ނައިބު (މާލީ)
- ޒުވާނުންގެ ހިއްވަރުގެ ރައީސް
- އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް