ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާތީ, ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ އަދި މާލީ ހާލަތު ގޯސްވެފައިވާތީ ރާއްޖޭގެ މާލީ ރޭޓިން ބައިނަލްއަގްވާމީ އިދާރާތަކުން ވަނީ ދަށްކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ބޭރުގެ އިދާރާތަކުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
އެކަމާ ގުޅިގެން, އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުޑޫ ކުރެއްވި ޓްވީޓެއްގައިވަނީ ހަރަދު ކުޑަ ކުރުމަށްޓަކައި މެމްބަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކުޑަކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.
"މުސާރައިގެ އިތުރުން އެހެނިހެން އިނާޔަތްތައް ކުޑަކުރަން ހަމަގައިމު ވެސް އަޅުގަނޑު މިހުރީ ތައްޔާރަށް." ކުޑޫގެ ޓްވީޓްގައިވެ އެވެ.
މަޖިލިސް މެމްބަރުންނަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 62,500ރ. ލިބިވަޑައިގަންނަވާއިރު ކޮމެޓީ އެލަވަންސްގެ ގޮތުގައި އިތުރަށް 20,000ރ. ލިބިވަޑައިގަންނަވަ އެވެ. އަދި ދައުލަތުގެ ހަރަދުގައި އެންމެ މަތީ ފެންވަރުގެ ހެލްތު އިންޝުއަރެންސް ރާއްޖޭ އާއި އޭޝިއާގެ ގައުމުތަކުން ލިބެ އެވެ.
މެމްބަރުންގެ މުސާރަ ކުޑަކުރަން ކުޑޫ ތާއީދު ކުރެއްވިއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެ ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނިންމަވައިފަ އެވެ. އަދި ދައުލަތުން ކުރާ އެހެން ހަރަދުތައް ކުޑަކުރަން ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި