ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވެފައިވަނިކޮށް، އެ ބަލި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފިއެވެ.
އެ ބަލި ރާއްޖެއިން ފެނުނުކަން އެޗްޕީއޭއިން ބުނީ މިރޭ "އެކްސް"ގައި ކުރި ޕޯސްޓެއްގައެވެ.
އެޗްޕީއޭއިން ބުނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ކޭސްގައި މަރުވީ ބަކާ ކަމެއް އެޗްޕީއޭއަކުން ނުބުނެއެވެ.
ނަމަވެސް "ހަތާވީސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ އެ ބަލީގައެވެ.
އެޗްޕީއޭއިން މިރޭ ބުނީ އިންވޭސިވް މެނިންގޯކޮކަލް ކޭސެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓްވީ ފަރާތްތަކަށް ބަލީގެ މައުލޫމާތު ދީފައިވާ ކަމަށާއި ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދީފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށާއި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށެވެ.
މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވަނީ އެ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށެވެ.
"މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެއެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ،" އެޗްޕީއޭއިން "އެކްސް"ގައި ބުނެފައިވެއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށް، ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ހައްޖަށް ދިޔަ ބަކާ ނިޔާވީ އެނބުރި ރާއްޖެ އައިފަހުން، ނޭވާލުމުގެ މައްސަލަތަކެއް ދިމާވެގެން ހާލު ބޮޑުވެ، އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދުއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								