ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސައުދީއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ޓްރެވެލް ވެކްސިންގ ކަމުގައިވާ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.
"ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖުމަންޓުން އެންމެ ހާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމުގައި ވެސް މިފުރުސަތުގައި ދަންނަވަމެވެ،" ޝަކީލް ނެރުއްވި ބަޔާނުގައިވެއެވެ.
ހައްޖު ކޯޕަރޭޝަނުން މިގޮތަށް ބުނެފައި މި ވަނީ ނުރައްކާތެރި މެނިންޖައިޓިސް ބަލީގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އާރިފް (ބަކާ) މިއަދު ނިޔާވެފައިވަނިކޮށެވެ. އޭނާ ނިޔާވީ ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެ އައިތަނުން ނޭވާލުމުގެ މައްސަލަތަކެއް ދިމާވެގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
އާރިފް ހައްޖުގެ އަޅުކަން އަދާކުރީ ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ދެއްވި، ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިގެންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި
މިފަހަރު ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުން އެކަނި. ކުންފުނިތަކަކުން ނުގެންދޭ. ކޯޓާ ބޭނުން ކުރީ ސަރުކާރުން އެކަނި. ދެން ދިޔައީ ސައުދީ އެމްބަސީން ފޮނުވި ބައެއް. ކުރުކޮށް ބުނާނަމަ، އެ ބުނަނީ ސައުދީ އެމްބަސީން ދިޔަ މީހުން ވެކްސިނެއް ނުޖަހައޭ ދޯ؟
ރޯނުފިލާހައްޖު ކޯޕަރޭޝަންގެ ހައްޖާޖީން ވެކްސިން ފުރިހަމަ ކުރި... އެހެން ކުފުނި ތަކުގެ މީހުން ވެކްސިން ފުރިހަމަނުކުރޭ
ފިސާރި ތެދެއް