މިއަދު ހަވީރުން ފެށިގެން ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ މިރޭ ފެނިއްޖެއެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު "ހަތާވީސް"އަށް މިރޭ ވިދާޅުވީ އެ ކުއްޖާ ފެނުނީ މިރޭ 11 ޖެހި ފަހުން، ކުއްޖާ ދިރިއުޅޭ ގެއާ އިންވެގެން ހުރި ތަނެއްގެ ދޭތެރޭގައި "ބްލެކްއައުޓް"ވެފައި އޮއްވައެވެ. އެ ކުއްޖާ މިހާރު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
"ފެނުނުއިރު ހީކަރުވާ ވަރުދެރަވެފަ ހުރުމުން ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވޭ. ޕަލްސް ވެސް ރަނގަޅު. އަދި ހާލު ރަނގަޅު،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި