ގދ. ވިޔޯރީގައި އަށް އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ގދ.ފިޔޯރީ، ފިނިވިލާގެ، މަރްޔަމް މީނަލް މުޙައްމަދެވެ.

ފުލުހުން ބުނީ އެ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު ހަވީރު 5 ޖަހާކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ.