އައްޑޫ ސިޓީ މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާ ހުޅުމީދޫ މިފްކޯ މަސް ފެކްޓްރީގެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫގައި މަސްވެރިން ކުރަމުން ގެންދާ އިހްތިޖާޖު ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދެމުން ގެންދާ ކަމަށެވެ.
"މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާ އެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުން ގެންދާވާހަކަ ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ފުލުހުންގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި އިހްތިޖާޖު ކުރުމުގައި ގާނޫނީ ހުދޫގެ ތެރެއިން މަސްވެރިން ކަންބޮޑުވުންތަކާއި ޝުއޫރު ފާޅުކުރުމަށް ގޮވާލާފައިވެއެވެ. އެފަދަ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް، މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެއެވެ.
"މިގޮތަށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އާންމު މަސްލަހަތު އިސްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ."
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި