އީދުގައި ކުލަ ޖެހުމަކީ ދިވެހީންގެ ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށާއި ދިވެހި ސަގާފަތަކީ އީދުގައި ފެން ޖެހުން ކަމަށެވެ.
ޝަހީމް އެފަދައިން ވިދާޅުވުމުން ބައެއް ފަރާތްތަކުން ވަނީ ފެން ޖެހުމަކީ ދީނީ ކަމެއްތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ޝަހީމް ވަނީ ފެން ޖެހުމަކީ އީދުގައި ކުރެވިދާނެ ކަމެއް ކަމަށާއި އެއީ ދީނާ ފުށުއަރާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އީދާ ގުޅުވައިގެން މީގެކުރިން ވެސް ޝަހީމް ވަނީ ވާހަކަދައްކަވާފައެވެ.
އިސްލާމީ ދީނާކީ މާތް ރަސްކަލާނގެ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމަށާއި ސަގަފަތުގެ ނަމުގައި "ހުރާފީ" ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ އީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާ އެއްގޮތައް،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ދިވެހިންގެ ސަގާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންކަން ކަމަށެވެ.
އެނޫންކަންކަމަކީ ހުރާފީ ބާތިލް ކަންކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށާއި އެކަންކަން އޮންނަން ވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މިއަހަރުގެ އަޟްހާ އީދުގެ ހުތުބާގައި ވެސް ވަނީ އެހެން ދީންތަކުގެ ކަންކަން ކޮޕީ ނުކުރުމަށް ގޮވާލައިފައެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި