ފަހު ވަގުތު ކުޅެން އެރުވި ކޮންސެސާއޯ ޕޯޗުގަލް ސަލާމަތް ކޮށްދީފިއެވެ.
ފުރަތަމަ ހާފު ބޮޑަށް ޑޮމިނޭޓު ކޮށްގެން ކުޅުނީ ޕޯޗުގަލެވެ. އެ ޓީމުން ވަނީ ޗެކްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ހާފު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް މަދުން ލިބުނު ފުރުސަތުތަކުގައި ޗެކް ޓީމުން ވެސް ޕޯޗުގަލްގެ ގޯލަށް ނުރައްކާކުރިއެވެ.
ދެވަނަ ހާފު ފެށިގެން ވެސް ޕޯޗުގަލް އިން ވަނީ ޗެކްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 57ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ޗެކްގެ ކީޕަރު ވަނީ ހިފަހައްޓައިފައެވެ.
ޕޯޗުގަލް މޮޅަށް ކުޅެމުން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްލީ 62ވަނަ މިނެޓުގައި، އޭރިއާ ބޭރުގައި ހުރެފައި ޗެކްގެ ލޫކަލް ޕްރޮވޮޑް ޕޯޗުގަލް ކޮޅަށް ޖެހި ލަނޑުންނެވެ.
ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ޕޯޗުގަލްގެ މެންޑޭސް ބޮލުން ފޮނުވާލި ބޯޅަ ޗެކް ރިޕަބްލިކްގެ ކީޕަރުގެ އަތުގައި ޖެހިފައި ނިކުތް ވަގުތު އެޓީމު ކުޅުންތެރިއެއްގެ ފަައިގައި ޖެހި ގޯލުގެ ތެރެއަށް ވަނީ ވަދެފައެވެ.
މެޗުގެ ފަހު ހާފުގައި 90 މިނެޓު ހަމަވެފައި ވަނިކޮށް ޕޯޗުގަލް އިން ތިން ބަދަލެއް ގެނައެވެ. އެ ބަދަލުތަކުގެ ނަތީޖާ ވެސް ދެއްކިއެވެ. ފަހު ވަގުތު ކުޅެން އެރުވި ކޮންސެސާއޯ ވަނީ ލަނޑު ޖަހާ ޕޯޗުގަލް މޮޅުކޮށް ދީފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި