ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ޖޯޖިއާ އަދި ތުރުކީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ތުރުކީން ކުރި ކާމިޔާބު ކޮށްފިއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް ތުރުކީންނެވެ. މެޗުގެ 25ވަނަ މިނެޓުގައި ތުރުކީގެ ފުރަތަމަ ލަނޑު ޖަހައިދިނީ މާޓް މުލްޑޫރެވެ. މެޗުގެ 28ވަނަ މިނެޓުގައިވެސް ތުރުކީން ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑަކީ އޮފްސައިޑު ލަނޑެއް ކަމަށެވެ.
މެޗުގެ 32ވަނަ މިނެޓުގައި ޖޯޖިއާގެ ޖިއޯޖިއަސް މިކައުޓްޒޭ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެވަނަ ހާފުގައި ޖޯޖިއާ އިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި ލަނޑެއް ޖެހޭތޯ ތުރުކީގެ ގޯލަށް ނުރައްކާ ކުރިއެވެ.
ނަމަވެސް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ ތުރުކީންނެވެ. އެ ގޯލު ކާމިޔާބު ކުރީ 19 އަހަރުގެ އާޑާ ގުލާއެވެ. ތުރުކީން ލީޑު ފުޅާކުރި ލަނޑު ޖެހީ މެޗުގެ 69ވަނަ މިނެޓުގައެވެ. އެލަނޑު ޖަހައި ދިނީ އޯކުން ކޮޗްކޫއެވެ.
މި މުބާރާތަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޖޯޖިއާ ކުޅުނު މުބާރާތެވެ. އަދި މި މެޗަކީ ތުރުކީން ޔޫރޯ މުބާރާތުގައި މޮޅުވި ދެވަނަ މެޗެވެ. 2016 އަދި 2020ވަނަ އަހަރުގެ ޔޫރޯގައި ތުރުކީން މީގެކުރިން ކުޅުނު ނަމަވެސް އެޓީމަށް މޮޅުވެވުނީ 2016ވަނަ އަހަރު ޗެކް ރިޕަބްލިކް އަތުންނެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން