އަޟްހާ އީދުގެ މުނާސަބަތުގައި ތ. ހިރިލަންދޫގައި ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތްތައް މަޑުޖައްސާލައި، ފަލަސްތީންގެ ދިފާއުގައި އެ ރަށުގެ ރައްޔިތުން ނުކުމެ، މިއަދު އަޑުއުފުލައިފިއެވެ.
"ފަލަސްތީނާ އެކު ހިރިލަންދޫ ރައްޔިތުން" މި ނަމުގައި އެ ރަށުގައި މިއަދު ހަވީރު ބޭއްވި އެ ހިނގާލުމާ ގުޅޭ ގޮތުން ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު "ހަތާވީސް"އަށް ވިދާޅުވީ ފަލަސްތީން މުސްލިމުންގެ ދިފާއުގައި މިދަނޑިވަޅުގައި އެ ރަށުގައި ހަރަކާތެއް ބޭއްވުމަށް ނިންމީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކިގެން ކަމަށެވެ.
ފަލަސްތީން މިނިވަންކުރުމަށާއި އިޒުރޭލުގެ އުފެއްދުންތައް ބޭނުންކުރަން ހުއްޓާލަން ގޮވާލައި ހިރިލަންދޫ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރަށުގެ އެންމެން ބައިވެރިވި ކަމަށް ޖަލާލު ވިދާޅުވިއެވެ.
"މި އިވެންޓަކީ އަޟްހާ އީދުގެ އުފާ ފާޅުކުރަމުންދާއިރު، ހިރިލަންދޫ ރައްޔިތުން ފަލަސްތީނުގެ އަޅުގަނޑުމެންގެ ލޮބުވެތި އަހުންނާއި އުހުތުން ހަނދާން ހުރިކަން، އެ މުސްލިމުންނަށް ޖެހިފައިވާ ހާލު ހަނދާން ހުރިކަން ދައްކުވައިދިނުމުގެ ގޮތުން އެ އަހުންނާއި އުހުތުންނާ އެކު ހިރިލަންދޫ ރައްޔިތުން ތިބިކަން ދައްކުވައިދިނުމުގެ ގޮތުން އަޅުގަނޑުމެން ބޭއްވި ހިނގާލުމެއް،"
ހިރިލަންދޫ ގިނަ ރައްޔިތުން ބައިވެރިވި އެ ހަރަކާތުގައި ފަލަސްތީނަށް އެހީވުމަށް ފައިސާ ހަނދިޔާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން މި ހަފްތާގެ ނިޔަލަށް ނަގުދު ފައިސާއިންނާއި ޓްރާންސްފާކޮށްގެން ވެސް ފައިސާ ހަނދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކަނު ބަނދެވި ތިބެ މިދަނީ އަނދަވަޅަކަށް ވެއްޓެން: ނަޝީދު
އެޕްސްޓީން ފައިލްގެ މައްސަލާގައި ވަހީދު އިސްތިއުފާ ދެއްވައިފި
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ކިތަންމެހާވެސް ރަގަނޅުކަމެއް.
މުހަންމަދު.