ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ސީގައި އިނގިރޭސީންނާއި ސާބިޔާ ކުޅުނު މެޗު އެކެއް ސުމަކުން އިނގިރޭސީން ކާމިޔާބުކޮށްފިއެވެ.
ގްރޫޕް ސީގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވުނު އިނގިރޭސީންނަށް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ނުދެއްކުނެވެ. މުޅި މެޗުހެން ޑޮމިނޭޓު ކޮށްގެން ކުޅުނީ ސާބިޔާއެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 13ވަނަ މިނެޓުގައި ޖަހައި ދިނީ ބެލިންގްހަމްއެވެ. އަރިމައްޗަށް ކުޅޭ ސަކާ ހުރަސް ކުރި އެ ބޯޅަ ބެލިންގްހަމް ފޮނުވާލީ ބޮލުންނެވެ.
އިނގިރޭސިން ލަނޑު ޖެހި ނަމަވެސް ސާބިޔާ އިން ވަނީ ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ހަމަލާތަކެއް އެ ޓީމަށް ފޮނުވައެއް ނުލެވުނެވެ.
ދެވަނަ ހާފުގައި ސާބިޔާ އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އިނގިރޭސި ގޯލަށް ފޮނުވާލިއެވެ. ނަމަވެސް އެއްވެސް ބޯޅައެއް ތިން ދަނޑިން އެތެރެވާ ގޮތެއް ނުވިއެވެ.
މަޝްހޫރު ގިނަ ތަރިންތަކެއް އޮތް އިނގިރޭސި ޓީމަށް ދެވަނަ ހާފުގައި ސާބިޔާގެ ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ކެޕްޓަން ހެރީ ކޭންއެވެ. ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގައެވެ.
މި މޮޅާއެކު އިނގިރޭސީން އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނާގައި އޮތީ ޑެންމާކެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި