ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ އަވަސް ގޯލެއް ޖެހި ޓީމުގެ ޝަރަފު އަލްބޭނިޔާ އަށް ލިބުނު ނަމަވެސް ދޭއް އެކަކު އިޓަލީން މެޗު ކާމިޔާބު ކޮށްފިއެވެ.
ރާއްޖެ ގަޑިން 12 ޖަހާއިރު ފެށި މި މެޗުގެ 22ވަނަ ސިކުންތުގައި އަލްބޭނިޔާގެ ނަދީމް ބެރާމީ ވަނީ އިޓަލީ ކޮޅަށް ގޯލު ޖަހައިފައެވެ. ނަމަވެސް އެ ލީޑުގައި އެ ޓީމަށް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ.
އެގޮތުން މެޗުގެ 11ވަނަ މިނެޓުގައި އަލްސެންޑްރޯ ބަސްޓޯނީ ބޮލުން ފޮނުވާލި ބޯޅަ އަލްބޭނިޔާ ކޮޅަށް ވައްދާލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 16ވަނަ މިނެޓުގައި އިޓަލީން ލީޑު ފުޅާކުރިއެވެ. އެ ލަނޑު އިޓަލީ އަށް ކާމިޔާބު ކޮށްދިނީ ނިކޮލާ ބަރޭލާއެވެ.
މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެެއް ދެ ޓީމަށް ވެސް ލިބިގެން ދިޔައެވެ. ވަކިން ހާއްސަކޮށް، މެޗު ނިމެން ދަނިކޮށް އަލްބޭނިޔާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން