ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ތިނެއް ސުމެއްގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށް، އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
ފުރަތަމަ ހާފުގެ ފުރަތަމަ ކޮޅުގައި ސްޕެއިނުން މޮޅު ކުޅުމެއް ދެއްކިއެވެ. އަދި ކްރޮއޭޝިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ފެނިގެން ދިޔައީ ކްރޮއޭޝިއާގެ ކުޅުން ރަނގަޅު ކޮށްލި ތަނެވެ. އެކަމަކު ނުރައްކާތެރި ހަމަލާއެއް ކްރޮއޭޝިއާ އަކަށް ފޮނުވައެއް ނުލެވުނެވެ.
ކްރޮއޭޝިއާ އިން ރަނގަޅަށް ގޭމުގެ ތެރެއަށް ވަދެވުނުތަނާ ކަހަލަ ގޮތަކަށް ސްޕެއިނުން ކްރޮއޭޝިއާގެ ގޯލު ހުޅުވާލީ މެޗުގެ 29ވަނަ މިނެޓުގައެވެ. ފުރަތަމަ ގޯލު ސްޕެއިނަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން މޮރާޓާއެވެ.
އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާވެސް ސްޕެއިނުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ފެބިއަން ރުއިޒެވެ. އެ ގޯލާއެކު މެޗުން މޮޅުވާން ކްރޮއޭޝިއާ އިން އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް އެ މަސައްކަތަށް އިތުރު ގޮންޖެހުމެއް ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިން ޓީމުން ކާމިޔާބުކުރި އެ ޓީމުގެ ތިންވަނަ ލަނޑެވެ.
ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ. އަދި ސްޕެއިންގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުވެސް ކުރިއެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގެ 65ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކެޕްޓަން ލުކާ މޮޑްރިޗް ބަދަލުކުރިއެވެ.
ކްރޮއޭޝިއާ އަށް މެޗުގައި ސުމެއް ކަނޑުވާލަން ރަނުގެ ފުރުސަތެއް ލިބުނެވެ. 77ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ސްޕެއިންގެ ކީޕަރު މަތަ ކުރި ނަމަވެސް، ރީބައުންސްވެގެން އައި ބޯޅަ ކްރޮއޭޝިއާ ކުޅުންތެރިޔާ ފޮނުވާލިއެވެ. ނަމަވެސް ރެފްރީ ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ.
މި މެޗާއެކު ގްރޫޕް ބީގެ އެއްވަނަ ސްޕެއިނަށް ވަނީ ލިބިފައެވެ. މިރޭ 12 ޖަހާއިރު މި ގްރޫޕުގައި އިޓަލީ އަދި އަލްބޭނިއާ ކުޅުން އޮންނާނެއެވެ.
 
		 
										
										 
 
 
		 
		 
		 އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
														
							
								އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި								 އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
														
							
								އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި								 ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
														
							
								ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި								 ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
														
							
								ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ								 ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
														
							
								ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ								 އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
														
							
								އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި								