ހަންގޭރީ ކޮޅަށް ތިން ލަނޑު ޖަހައި، ސްވިޒްލޭންޑުން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓު ކޮށްގެން ބޮޑަށް ކުޅެމުން ދިޔަ ސްވިޒްލޭންޑުން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 12ވަނަ މިނެޓުގައެވެ. ނަމަވެސް ފުރަތަމަ އެއީ ލަނޑެއް ކަމަށް މެޗުގެ ރެފްރީ ސްލަވްކޯ ވިންޗިޗް ނުނިންމިއެވެ. އެކަމަކު ވީއޭއާރް ބެލުމަށްފަހު އެއީ ގޯލެއް ކަމަށް ނިންމިއެވެ.
އެ ގޯލު ސްވިޒް އަށް ކާމިޔާބު ކޮށްދިނީ ކްވަޑްވޯ ޑުއާއެވެ.
ސްވިޒްލޭންޑުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 45 މިނެޓުގައި މިޝޭލް އަބީޝާއެވެ. އަބީޝާ އަކީ ސްވިޒް އަށް އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމުގައި ވެސް އެންމެ ބޮޑަށް އެހީތެރިވި ކުޅުންތެރިޔާއެވެ.
ދެވަނަ ހާފު ފެށިގެން ކުރިޔަށް ދިޔައިރު ހަންގޭރީން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66ވަނަ މިނެޓުގައި ބާނަބަސް ވާގާ ޖަހާ ލަނޑުގެ ފަރަގު ކުޑަ ކުރިއެވެ.
ނަމަވެސް ހަންގޭރީ އަށް އިތުރު މާޔޫސް ކަމެއް ލިބުނީ މެޗުގެ ފަހު އިތުރު ވަގުތުގައި ސްވިޒްގެ ކީޕަރު މަތިން ފޮނުވާލި ބޯޅައެއް ހަންގޭރީ ކުޅުންތެރިއެއްގެ ބޮލުގައި ޖެހި ސްވިޒްގެ ބްރީލް އެމްބޯލޯ އަށް ލިބި ގޯލަކަށް ބަދަލުކުރި ހިސާބުންނެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި