މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި މަފާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އެހެންކަމުން ހައި ކޯޓުން މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެއެވެ.
އެ މައްސަލާގައި މަފާޒްގެ އިތުރުން އިތުރު ތިން މީހަކަށް ވެސް ދައުވާކުރި އެވެ. ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މީހުން ބަންދުކުރަން ދައުލަތުން ކުރިން އެދުނު ނަމަވެސް ހައި ކޯޓުން އޭރު ނިންމީ ނިފާޒް ފިޔަވައި އިތުރު މީހަކު ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ.
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު
ސަލީމް، ބަޖެޓު ކޮމެޓީގެ މުގައްރިރު ކަމަށް
އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއްގައި ސޮއިކޮށްފި