ދުވާރުގެ މަތީގައި ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ޕާކު ކުރާ މައްސަލަ ބޮޑުވެ، ދުވާރުތަކުގައި ބޮލާޑު ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދުވާރު މަތީގައި ޕާކު ކުރާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދުވާރުގައި ބޮލާޑު ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރާނީ މަގުގައި ދުއްވާ ވެހިކަލްތަކަށް ވެސް އަދި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ވެސް ދަތި ނުވާނެ ގޮތަކަށް ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން މީގެ ކުޑަ އިރުކޮޅެއް ކުރިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދުވާރުގައި ބޮލާޑު ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ.
އެ ފޮޓޯތަކުން ފެންނަނީ ލިލީ މަގުގައި ބޮލާޑު ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ ތަނެވެ. އެ މަސައްކަތް އެ ސަރަހައްދުގައި ކުރަމުން އަންނައިރު ވެސް ބައެއް ވެހިކަލްތައް ދުވާރު މަތީގައި ޕާކު ކޮށްފައި އެބަ ހުއްޓެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ދިވެހިން ގޮތެއް ފޮތެއް ނެތް މިހާރު
އައި