ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.
މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓައި ދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ޑޮލަރުގެ މުއާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިގްތިސޯދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރައްވައި، ފައިސާގެ މުއާމަލާތްތައްކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުސޫލުތައް ތައާރަފްކުރެއްވުމުގެ މަސައްކަތް ރައީސްގެ ޒައާމަތުގައި ފައްޓަވައިފައިވާ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން