ނަވާރަވަނަ ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުން، އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާ އެބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުން ނިންމައިފިއެވެ.
ނިމިދިޔަ 19ވަނަ މަޖިލީހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައިދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދީފައެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެބޭފުޅުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަން ކުރައްވާފައެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި ތިން ވަޒީރުންނަށް ވެސް ރުހުން ވަނީ ދީފައެވެ.
19ވަނަ މަޖިލީހުން ތިން ވަޒީރުންނަށް ވޯޓު ދިން ގޮތް:
ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
20ވަނަ މަޖިލީހުން ތިން ވަޒީރުންނަށް ވޯޓު ދިން ގޮތް:
ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ފެންނަ ކަމަށް 87 މެންބަރުން ވޯޓު ދެއްވި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ފެންނަ ކަމަށް 83 މެންބަރުން ވޯޓު ދެއްވި
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ފެންނަ ކަމަށް 81 މެންބަރުން ވޯޓު ދެއްވި
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ