މުވައްޒަފުން ސިޔާސީ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ސިޔާސީ ތަނަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ. އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވިކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ މަގާމާ ހަވާލުވީ ތަނުގެ ތެރެއަށް އައި ސިޔާސީ ބަދަލުތަކާ އެކިކަންކަން ތަޖުރިބާ ކުރުމަށް ފަހު ކަމަށެވެ.
ފަހުމީގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯއިން ދެނީ ގައުމީ ހިދުމަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ހިދުމަތް ރައްޔިތުންނަށް ދެވޭނީ ސިޔާސީ މާހައުލާ ދުރުގައި ތިބެގެން ކަމަށް ވެސް ވިދާޅުވިއެވެ.
އެކުންފުނީގައި އޭނާ ބޭނުންފުޅު ވަނީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް